މުސާރައަށް ބޮޑުކުރި ބައި ހަދިޔާ ކުރާނީ އިޖުތިމާއީ ފަންޑަކަށް: ރައީސް
މަޝްވަރާކުރުމެއް ނެތި މުސާރައަށް ބޮޑުކުރި ބައި ހަދިޔާކުރާނީ ކުޑަކުދިންގެ ހިޔާފަދަ އިޖްތިމާއީ ފަންޑަކަަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް، ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން އެ މަނިކުފާނުގެ ސަރުކާރުން އެދިފައިނުވާނެކަމަށާއި މުސާރަ ބޮޑުކުރާކަށް ބޭނުންފުޅުވެސް ނުވާކަމަށެވެ. ރައީސް މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ މާލިއްޔަތު ކޮމިޓީން، ރައީސާއި ނައިބު ރައީސް އަދި ވަޒީރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމި…