މާލޭގެ ޕާކިންގތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި
މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މުޙައްމަދު އަމީން އާއި، މާލޭ ސިޓީ ކައުންސިލް އަދި ދިވެހި ފުލުހުނާއި ބައްދަލުކޮށްފިއެވެ. މި ބައްދަލުވުމަކީ މާލޭގެ ޕާކިންގ ތަކާ ގުޅޭ މަޝްވަރާ ކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި ބައްދަލުވުން އޮތީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްގައެވެ. މިބައްދަލުވުން ބާއްވާފައި މިވަނީ މާލޭގެ މަގުތަކުގައި ޕާކިން ސްލޮޓްތައް ވަކި ފަރުދަކަށް ދީފައި އޮތް އޮތުން ނިމުމަކަށް ގެންނަން ޓްރާންޕޯޓް މިނިސްޓްރީން، މާލެ ސިޓީ ކައުންސިލަށް ފޮނުވި ސިޓީއަށް ޢަމަލު ކުރުމަށް…









