ފުވައްމުލަކުގައި ސިޓީ ހޮޓަލެއް އެޅުމަށް އެމްއޭސީއެލް އާ ހަވާލުކޮށްފި
ފުވައްމުލަކުގައި އިކޯ ޓޫރިޒަމް ކުރިއަރުވައި ސިޓީ ހޮޓަލެއް ތަރައްގީ ކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފިއެވެ. މީގެ އިތުރުން ފުވައްމުލަކުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ޢުމްރާނީ ތަރައްޤީގެ 10 މަޝްރޫޢެއްގެ މަސައްކަތް އެކި ކުންފުނިތަކާ ވަނީ ޙަވާލުކޮށްފައެވެ. މި މަޝްރޫޢުތަކުގެ މަސައްކަތް ކުރުމަށް ކުންފުނިތަކާ ޙަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ފުވައްމުލަކާއި އައްޑޫ އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކު ރައްޔިތުންނާ ބައްދަލުކުރައްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ފުވައްމަލު ސިޓީގައި އިންޓަގްރޭޓެޑް އީކޯ ޓޫރިޒަމް މަޝްރޫއާއި،…









