ކުޅުދުއްފުށީގައި 2000 ފްލެޓް އެޅުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި
ކުޅުދުއްފުށީ ސިޓީގައި 2000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ހަވާލުކޮށްފިއެވެ. އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިންވަނީ މިމަޝްރޫޢުގެ އިތުރުން، ކުޅުދުއްފުށި ސިޓީގައި ހުއްޓިފައިހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތްވެސް އެކުންފުންޏާ ހަވާލުކޮށްފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ހުއްޓިފައި ހުރި 400 ހައުސިންގ ޔުނިޓުގެ މަސައްކަތާއި އަލަށް ކުޅުދުއްފުށީގައި ތަރައްޤީކުރާ 2000 ހައުސިންގ ޔުނިޓުގެ މަސައްކަތްވަނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާއި ހަވާލުކޮށްފައެވެ. އިމާރާތްކުރުމާއި…









