ހިޔާ ފްލެޓެއްގެ ކުޑަ ދޮރުން ކުއްޖަކު ސިޑިގޮޅިއަށް ފައިބާ ވީޑިއޯއާއެކު މައްސަލަ ބަލަން ފަށައިފި
ހިޔާ ފްލެޓެއްގެ ކުޑަދޮރުން ސިޑިގޮޅިއަށް ކުޑަކުއްޖަކު ފައިބާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ. މީސްމީޑިއާގައި އިއްޔެ އާންމުވި ވީޑިއޯއިން ފެނިގެން ދަނީ ވައިބާރު ވަގުތެއްގައި ކުޑަ އަންހެން ކުއްޖަކު ހިޔާ ފްލެޓެއްގެ ކުޑަދޮރުން ނުކުމެ، އެތަނުގައި ހަދާފައިވާ ޝީޓުގެ މައްޗަށް ނުކުމެގެން ގޮސް، ސިޑިގޮޅިއަށް ފައިބަން އުޅޭ މަންޒަރެވެ. ވީޑިއޯއިން ފެންނަ ގޮތުން، އެކުއްޖާ ފޭބުމަށް މަސައްކަތް ކުރީ ފުރަތަމަ ފަންގިފިލާގެ ކުޑަދޮރަކުންނެވެ. މަންޒަރު ފެންނަގޮތުން އެކުއްޖާ ކުޑަދޮރުން ފޭބުމަށް މަސައްކަތްކުރި ވަގުތަކީ ބާރަށް ވައިޖެހެމުންދިޔަ ވަގުތެކެވެ.…









