ލޮލު ރޯގާގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން އެދިއްޖެ
ލޮލު ރޯގާގެ އަލާމާތްތައް ދެނެގަނެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)އިން އަންގައިފިއެވެ. ލޮލު ރޯގާއަކީ ތަފާތު ވައްތަރުގެ ބެކްޓީރިއާ އާއި ވައިރަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ: 1- ހުން އައުން 2- ލޯ ހިރުވުން 3- ލޮލުން ފެން އައުން 4- ލޮލުގައި މަޑުހެދުން 5- ލޯ ރަތްވުން ލޮލު ރޯގާ ޖެހިއްޖެ ނަމަ، ނުވަތަ އެ ބައްޔަށް ޝައްކު ކުރެވިއްޖެ ނަމަ، ވީހާވެސް އަވަހަށް…