ޖޫރިމަނާ ނުލައި ކަރަންޓް ބިލްތައް ދެއްކޭނީ މިމަހުގެ ނިޔަލަށް: ސްޓެލްކޯ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމާ އެއްގޮތަށް، އާންމު ދިރިއުޅުމަށް ބޭނުންކުރާ ހިދުމަތުގެ ކަރަންޓް ބިލުތަކަށް ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މައާފުކޮށް، ޖޫރިމަނާއާއި ނުލައި ފައިސާ ދެއްކޭނެ އިންތިޒާމު މިމަހުގެ ނިޔަލަށް ހަމަވާނެ ކަމަށް ސްޓެލްކޯ އިން ހަނދާންކޮށްދީފި އެވެ. ކަރަންޓް ބިލް ނުދައްކާ ހުރުމުން ބޮޑެތި އަދަދުތަކުން ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ޖޫރިމަނާ ފައިސާ މައާފްކޮށް، ޖޫރިމަނާއާ ނުލައި ފައިސާ ދެއްކޭނެ ފުރުސަތު ސަރުކާރުން ހަމަޖައްސައިދިނީ މިއަހަރުގެ އޭޕްރީލް އެއްވަނަ ދުވަހު އެވެ. ކަރަންޓް…









