މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށްދީފި
ރަށުފެންވަރުގައާ ގައުމީ ފެންވަރުގާ މަދަނީ ޖަމިއްޔާތައް ކުރަމުންދާ މަސައްކަތްތަކުގެ އަގު ވަޒަންކުރުމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ސިވިލް ސޮސައިޓީ އެވޯޑް 7 ޖަމިއްޔާއަކަށް ދީފިއެވެ. މިކަމަށްޓަކައި ޔޫތު ހަބްގައި ރޭ ބޭއްވި ހަފްލާގައި އެވޯޑް ލިބުނު ޖަމިއްޔާތަކަށް އެވޯޑް ހަވާލުކޮށްދެއްވީ މި ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދެވެ. މިއަހަރުގެ ސިވިލް ސޮސައިޓީ އެވޯޑް އަންހެނުންނާއި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުތައް ހިމާޔަތްކޮށް އެފަރާތްތައް ބާރުވެރިކުރުވުގެ ދާއިރާ އިން ލިބުނީ ވިމެން އެމްޕަވަރމަންޓް…









