ފެމިލީ ކޯޓުގެ ގާޒީކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ފެމިލީ ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރި އިޢުލާނެއްގައި ބުނެފައިވާ ގޮތުން ފެމިލީ ކޯޓުގެ ޤާޟީގެ މަޤާމަށް ހޮވޭ ފަރާތަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 37،700ރ. އާއި ލިވިންގ އެލަވަންސްގެ ގޮތުގައި 18،000ރ. އާއި ރިސްކް އެލަވަންސްގެ ގޮތުގައި މަހަކު 3،300ރ. ލިބޭނެއެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެ މަތިން މެޑިކަލް އިންޝުއަރެންސާއި ފޯނު އެލަވަންސްވެސް ލިބޭނެއެވެ. ފަނޑިޔާރު ކަމަށް ކުރިމަތިލާ…









