އަންހެނުން ޑިޖިޓަލީ ބާރުވެރިކުރެވިއްޖެ ނަމަ އިގުތިސާދަށް ފައިދާވާނެ: މިނިސްޓަރ އިހުސާން
އަންހެނުން ޑިޖިޓަލީ ބާރުވެރި ކުރެވިއްޖެ ނަމަ އާއިލާތަކަށާއި، މުޖުތަމައަށް އަދި މުޅި އިގުތިސާދަށް ވެސް ފައިދާކުރާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިގޮތަށް ވިދާޅުވީ ދުނިޔޭގެ ޓެލެކޮމިއުނިކޭޝަން އަދި އިންފޮމޭޝަން ސޮސައިޓީގެ ދުވަހާ ގުޅިގެން ދެއްވި ޚިތާބުގަ އެވެ. ދުނިޔޭގެ ތަފާސްހިސާބުތަކާ އަޅާބަލާއިރު، ރާއްޖޭގެ ސައިންސާއި ޓެކްނޮލޮޖީ އަދި އިންޖިނިއަރިންގ ދާއިރާފަދަ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ދާއިރާތަކުގައި އަންހެނުން ހަރަކާތްތެރިވާ މިންވަރުގެ ނިސްބަތް މަދު ނޫންކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންނަމަވެސް، ވަކި ބާވަތުގެ…









