މިއަހަރުގެ ފިތުރު ޒަކާތުގެ މިންވަރު ކަނޑައަޅައިފި
މިފެށޭ ރަމަޟާން މަހު ދިވެހިން ދައްކަންޖެހޭ ފިޠުރު ޒަކާތުގެ މިންވަރު މޯލްޑިވްސް ޒަކާތު ހައުސްއިން ކަނޑައަޅައި އިއުލާނުކޮށްފިއެވެ. ޒަކާތު ހައުސްއިން އާންމުކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އާދައިގެ ހަނޑުލުން ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ 12 ރުފިޔާއެވެ. އަދި އާދައިގެ ފުށުން 10 ރުފިޔާ ދައްކަންޖެހޭއިރު، އާޓާ ފުށުން ދައްކަންޖެހެނީ 75 ރުފިޔާއެވެ. މި ބާވަތްތަކުގެ އަގު ހުރީ މިދިޔަ އަހަރެކޭ ވެސް އެއްވަރެއްގައި ހިފެހެއްޓިފައެވެ. ނަމަވެސް ތައިލެންޑް ހުދު ހަނޑުލުގެ އަގު ވަނީ މިދިޔަ އަހަރަށްވުރެ 9 ރުފިޔާ…









