ޓެކްސީ ޑްރައިވަރުން ބޮޑު އަގު ނަގާތީ ރިޕޯޓު ކުރެވޭ ގޮތް ހަދައިފި
މާލޭގައި ޓެކްސީ ޑްރައިވަރުން އެކި އަގުތައް ނަގަމުން އަންނާތީ އެކަން ރިޕޯޓު ކުރެވޭ ގޮތް ޓްރާންސްޕޯޓް މިނިސްޓްރީން ހަދައިފިއެވެ. ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ވަނީ ސަރުކާރުން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ބޮޑު އަގުގައި ޓެކްސީ ދަތުރު ކުރުމުގެ ޝަކުވާ މިނިސްޓްރީ އަށް ލިބެމުންދާކަމަށެވެ. އެކަމަކީ މަނާކަމެއްކަމަށާއި އެކަން ރިޕޯޓު ކުރުމަށް އެ މިނިސްޓްރީން މިފަދަ މައްސަލަތައް ކިއު އާރު ކޯޑު މެދުވެރިކޮށް ސްކޭން ކުރެވޭނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕޯސްޓުގައިވެއެވެ.…









