ހިލާލީ ގެއިން ނިކުމެވަޑައިގެންނެވި ވާހަކަ ދޮގުކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޖާސޫސްކުރައްވާތީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހިލާލީގެއިން ނިކުމެވަޑައިގެން ހުޅުމާލޭގެ އަމިއްލަ ފްލެޓަކަށް ބަދަލުވެވަޑައިގެންނެވި ވާހަކަ ދޮގު ކުރައްވަިފިއެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން އަޑު ފަތުރާފައިވަނީ، ނާއިބު ރައީސް ސެމްބެ މުލިއާގެ ދޫކުރައްވާ ހުޅުމާލެއަށް ބަދަލުވެވަޑައިގެންނެވީ، މުލިއާގޭގެ ޗީފް އޮފް ސްޓާފަކަށް ރައީސް މުއިއްޒުގެ ތިމާގެ ބޭފުޅަކު ހަމަޖައްސަވައިގެން ޖާސޫސް ކުރައްވަމުން ދާތީ ކަމުގައެވެ. އެކަމާއި ގުޅޭގޮތުން ސެމްބެ ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އެއީ ހަގީގަތެއް ނެތް…