ޝަމީމްއަށް ދިން ހަމަލާގެ ފުރިހަމަ ތަހުގީގެއް ހިންގުމަށް އައިއޭޕީ އިން ގޮވާލައިފި
ޕްރޮސިކިއުޓާ ޖެނެރަލް ހުސެއިން ޝަމީމްއަށް ދިން ހަމަލާގެ ހަރުދަނާ ތަހުގީގެއް ހިންގުމަށް އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް ޕްރޮސިކިއުޓާސް (އައިއޭޕީ) އިން ގޮވާލައިފި އެވެ. ޕީޖީ އޮފީހުން ބުނީ، ރާއްޖެއަކީ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ މެންބަރެއް ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހުގެ 24 އިން 27 އަށް އިނގިރޭސި ވިލާތުގެ ލަންޑަންގައި ކުރިއަށްގެންދިޔަ ބައިނަލްއަޤްވާމީ ޕްރޮސިކިއުޓަރުންގެ ޖަމިއްޔާގެ ކޮންފަރެންސްގައި ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. ޕީޖީ ޝަމީމަށް ދިން ޙަމަލާއާ ގުޅިގެން…