12 އަހަރު ފަހުން އިންސްޕެކްޓަރ ޝިޔާމަށް އަލުން ވަޒީފާ ދިނުމަށް ހުކުމްކޮށްފި
މީގެ 12 އަހަރު ކުރިން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ އިންސްޕެކްޓަރ އޮފް ޕޮލިސް އަހުމަދު ޝިޔާމަށް، އޭނާގެ ވަޒީފާ އަނބުރާ ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ހައި ކޯޓުން އެ މައްސަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ޝަނީޒް އަބްދުﷲ އާއި ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު އަބްދުލްމާނިއު ހުސައިނެވެ. އަދި ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ. ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑަރުގެ މަގާމުގައި ހުންނަވަނިކޮށް، މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރިކަމުގެ ތުހުމަތުގައި ޝިޔާމް…









