ފުލުހުންގެ އަސާސީ ތަމްރީން ކޯސް 164 ފަރާތަކުން ފުރިހަމަކޮށްފި
ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯސް 164 ފަރާތަކުން ފުރިހަމަކޮށްފިއެވެ. ފުލުހުންގެ އަސާސީ ތަމްރީނު ކޯހުގެ ބައިވެރިންގެ ދަސްވެނިމުގެ ރަސްމިއްޔާތު ރޭ އައްޑޫ ސިޓީގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގައި ވަނީ ބާއްވައިފައެވެ. އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާންއެވެ. އެ އަސާސީ ތަމްރީނު ކޯހުގައި 198 ފުލުހުން ބައިވެރިވެ 164 ފުލުހުން ފާސްވެ ކާމިޔާބުކަމާއެކު ކޯސް ފުރިހަމަކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.…









