އިމިގްރޭޝަނުން ޓްރެއިނީންގެ 50 މަގާމަށް އިއުލާނުކޮށްފި
މޯލްޑިވްސް އިމިގްރޭޝަނުން އިމިގްރޭޝަން އޮފިސާ ޓްރެއިނީންގެ 50 މަގާމަށް މީހުން ހޯދުމަށް އިއުލާނުކޮށްފިއެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނެއްގައި މަދުވެގެން ދެ މާއްދާއިން 'ޑީ' ގްރޭޑް ހާސިލުކޮށްފައިވުމާއެކު، ސާނަވީ ނުވަތަ މަތީ ސާނަވީ އިމްތިހާނުގައި ދިވެހިން މަދުވެގެން 'ސީ' ގްރޭޑް ލިބިފައިވުން ނުވަތަ އެމްއެންކިއުއެފް ލެވެލް ތިނެއްގެ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ. އަދި އިއުލާނުގެ މުއްދަތު ހަމަވާއިރު އުމުރުން 40 އަހަރަށްވުރެ ދޮށީގެ މީހަކަށް…









