ރަށްދެބައި މަގަށް ކުނި އެޅި ބަޔަކު ހޯދަނީ
މާލޭ ރަށްދެބައި މަގަށް ކުނިއެޅި ބަޔަކު ހޯދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފި އެވެ. ރަށްދެބައި މަގުގެ ޕޭމަންޓާ ދިމާލުގައި ގިނަ އަދަދެއްގެ ކުނި ފުނިޖަހާފައި ހުރި ވީޑިއޯއެއް ސޯޝަލް މިޑިއާގައި ދަނީ ދައުރުކުރުވަމުންނެވެ. އެ މައްސަލަ ބަލައިދިނުމަށް އެދި ޕޮލިސްގެ އިތުރުން މާލޭ މޭޔަރުގެ އެކައުންޓް ޓެގްކޮށް 'އެކްސް' ގައި މީހަކު ކުރި ޕޯސްޓަށް ރިޕްލައި ދެމުން އާދަމް އާޒިމް ވިދާޅުވީ ކުނި އެޅި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުންދާ ކަމަށެވެ. މާލެތެރެ…









