ތިން ދުވަސް ތެރޭ 21.6 މިލިއަން ރުފިޔާގެ ޑްރަގް އަތުލައިގެންފި
ފާއިތުވި 72 ގަޑިއިރު ތެރޭގައި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 22 މިލިއަން ރުފިޔާގެ ޑްރަގު އަތުލައިގަނެފިއެވެ. އެކަން ހަމާކުރައްވާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ ފުލުހުންގެ އިންޓެލިޖެންސް ހިންގި އެކި އޮޕަރޭޝަން ތަކުގައި 16.69 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގަކީ ގާތްގަނޑަކަށް 21.6 މިލިއަން ދިވެހި ރުފިޔާ ކަމަށް މިނިސްޓަރުގެ ވިދާޅުވިއެވެ. 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ…