ސައުދީން ރާއްޖެއަށް 64،000 ފޮތް ހަދިޔާކޮށްފި
ސައުދީ އަރަބިއްޔާގެ އަލް އިމާމު މުހައްމަދު އިބްނު ސައުދު އިސްލާމިކް ޔުނިވާސިޓީން ދިވެހިރާއްޖޭގެ އިސްލާމީ ލައިބްރަރީތަކަށް 64,000 ފޮތް ހަދިޔާކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ޔުނިވާސިޓީގެ ފަރާތުން ފޮތްތައް ހަވާލުކޮށްދެއްވީ ދިވެހިރާއްޖެއަށް ކަނޑަޅުއްވާފައި ހުންނަވާ ސަޢުދީ ސަފީރު ހިޒް އެކްސެލަންސީ ޔަހްޔާ ހަސަން އަލްގަހްތާނީ އަދި އެ ޔުނިވާސިޓީގެ ޑިރެކްޓަރ ހިޒް އެކްސެލަންސީ ޑރ. ސާލިހް ބިން ސުލައިމާން އަލް އަރަޖާއެވެ. އެ ފޮތްތަކާއި ވުޒާރާގެ ފަރާތުން ހަވާލުވެލެއްވީ އިސްލާމީކަންތައްތަކާ…









