އިމިގްރޭޝަން ޓާސްކްފޯހުން ބަލައި ފާސްކުރި ތަންތަން އަލުން ބަލާ ފާސްކުރަނީ
އިމިގްރޭޝަނުން އައު އޮޕަރޭޝަނެއް ފަށައިފިއެވެ. މިއީ މިދިޔަ އަހަރު ޓާސްކްފޯހުން ބަލައި ފާސްކުރި ތަންތަނުގައި މިހާރު ބިދޭސީން އުޅެމުންދަނީ ސައްޙަ ވިސާއާއެކު ގަވާއިދާ އެއްގޮތަށްތޯ ބެލުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގެ ދަށުން ބުދަ ދުވަހު ދެ ތަނެއް ބަލައި ފާސްކުރެވުނެވެ. އެ ތަންތަނުގައި ގަވާއިދާ ޚިލާފު އެއްވެސް ބިދޭސީއަކު ނެތްކަން އިމިގްރޭޝަނުން ފާހަގަކޮށްފައިވެއެވެ. އިމިގްރޭޝަނުން މިދިޔަ އަހަރުން ފެށިގެން މާލެ ސަރަހައްދުގައި ބޮޑު އޮޕަރޭޝަނެއް ހިންގަމުން އަންނަނީ ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ…