21 ޒުވާނަކު އެޗްޑީސީގެ އެޕްރެންޓިސްޝިޕް ޕުރޮގުރާމުން ދަސްވެނިވެއްޖެ
ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގުޅިގެން ހިންގި "އެޗްޑީސީ އެޕްރެނޓިޝިޕް ޕްރޮގްރާމް 2025" ގެ ދަށުން 21 ޒުވާނުން ދަސްވެނިވެއްޖެއެވެ. ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި ޖުމްލަ ތިން ދާއިރާއަކުން ކޯސްތައް ހިންގާފައިވާއިރު، އޭގެ ތެރޭގައި މެރިން މެކޭނިކް، ރެފްރިޖަރޭޝަން އެންޑް އެއާކޮންޑިޝަނިންސް އަދި އޮޓޯމެޓިވް މެއިންޓެނަންސް ހިމެނެއެވެ. 14 ޖުލައި 2025 އިން ފެށިގެން ހަ މަސްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ…









