ބަނގުރާ އުފައްދާ ވިޔަފާރިކުރާ އިންޑިއާ 5 މީހަކު ހައްޔަރުކޮށްފި
ބަނގުރާ އުފައްދާ، ބޭނުންކޮށް، ގެންގުޅެ އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން ފަސް މީހުން ހައްޔަރުކޮށްފި އެވެ. މި މަހުގެ 29 ވަނަ ދުވަހުގެ ރޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ މީހުން ހައްޔަރުކޮށްފައިވަނީ މާލެ، މައްޗައްގޯޅި ގެއެއް ބަލައިފާސްކުރުމަށްފަހު އެވެ. އެ ގެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 500އެމްއެލްގެ ހަތަރު ފުޅިއާއި 5 ލީޓަރުގެ ފުޅިއެއް ފެނިފައިވެ އެވެ. މި މައްސަލައާ ގުޅިގެން…









