ރާއްޖޭގެ ޚާރިޖީ ސިޔާސަތަށް އެއްވެސް ބަދަލެއް އައިފައެއް ނުވޭ: ޑރ. ޚަލީލު
ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާ ކަމުގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް ވިދާޅުވެއްޖެއެވެ.މިނިސްޓަރު މިހެން ވިދާޅުވީ އެސްޓޯނިއާގެ ގާނޫނު ހަދާ މަޖިލީހުން ޔޫކްރެއިނަށް ދިވެހިރާއްޖެއިން ދޭ ތާއީދަށް ޝުކުރު އަދާކޮށް ކުރި ޕޯސްޓަކާ ގުޅިގެންނެވެ. މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފާހަގަކުރެއްވި ގޮތުގައި، ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކުގެ ސާފު މިސާލެއް އދ. ގައި ރާއްޖެއިން ވޯޓު ދެމުންދާ ގޮތުން ފެންނަން އޮތް ކަމަށް ވިދާޅުވިއެވެ. އަދި ކުދި ޤައުމުތަކުގެ މިނިވަންކަމާއި…









