އިމިގްރޭޝަންގެ ހިދުމަތްތައް ޑިޖިޓަލައިޒްކޮށްފި
'މޯލްޑިވްސް 2.0' ގެ ދަށުން އިމިގްރޭޝަންގެ ހުރިހާ ޚިދުމަތްތަކެއް ޑިޖިޓަލައިޒްކޮށްފި އެވެ. މިކަން ރަސްމީކޮށް އިފުތިތާހުކުރީ ބާސެލޯ ނަސަންދުރައިގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެ ރަސްމިއްޔާތުގައި އިމިގްރޭޝަންގެ އާ މޮބައިލް އެޕާއި ފޭޝަލް ރިކޮގްނިޝަން އެޕްގެ އިތުރުން ދި "އީ-ވިސާ" ތަޢާރަފުކޮށްފައިވެ އެވެ. އެ ރަސްމިއްޔާތުގައި ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާނާއި އިިމިގްރޭޝަންގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އިމިގްރޭޝަންގެ އެޕަކީ އެތަނުން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތައް އެއް ތަނަކުން ފަސޭހައިން…









