ޔޫކޭއަށް ދިވެހި ކަނޑުމަސް އެކްސްޕޯޓްކުރުމަށް މަގުފަހިކުރަން މަޝްވަރާކޮށްފި
ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރ، ނިކޮލަސް ޑޭވިޑް ލޯ، މިނިސްޓަރ އަޙްމަދު ޝިޔާމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ޒިޔާރަތުގައި ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ދެ ގައުމު ގުޅިގެން މަސައްކަތް ކުރެވޭނެ ދާއިރާތަކާއި ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ. މި މަޝްވަރާގެ ތެރޭގައި، ހައި ކޮމިޝަނަރ ނިކޮލަސް ޑޭވިޑް ލޯ ވަނީ ޔޫކޭ ސަރުކާރުން އިސްކަންދޭ ކަންތައްތައް ފާހަގަކުރައްވާފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމަށް އެހީތެރިވުމަށް ސްޓްރެޓެޖިކް ބައިވެރިއެއްގެ ގޮތުގައި ވުމަށް…









