ސްޓެލްކޯގެ އެހީތެރިކަމާއެކު މައްސަލަ ހައްލުކޮށް ކުޅުދުއްފުއްޓަށް އަލުން ކަރަންޓު ދީފި
ހދ. ކުޅުދުއްފުށި ސިޓީގައި ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ޓްރާންސްފޯމަރަކަށް ދިމާވި މައްސަލަ ހައްލުކޮށް, މުޅި ރަށަށް އަލުން ކަރަންޓުގެ ހިދުމަތް ދީފިއެވެ. ކުޅުދުއްފުށިން މިއަދު ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ޓްރާންސްފޯމަރަށް ދިމާވި މައްސަލައާ ގުޅިގެން ތިން ޖަނަރޭޓަރެއްގެ މޮޑިއުލް އަނދައިގެންނެވެ. ފެނަކައިން މިރޭ ބުނީ, ކުޅުދުއްފުށީގައި ހިންގަމުންއައި ހަތް ޖަނަރޭޓަރުގެ ތެރެއިން ތިން ޖަނަރޭޓަރެއްގެ ކޮންޓްރޯލްމޮޑިއުލް އަނދައި މުޅިރަށުން ކަރަންޓު ކެޑުނު މައްސަލަ ހައްލުކޮށް މިރޭ 08:10 ގައި ދާއިމީކޮށް ކަރަންޓު ދޫކުރެވިފައިވާ ކަމަށެވެ. އެ…









