ރަހީނުކުރި މީހާ ޝަރީއަތް ނިމެންދެން ބަންދަށް
ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި އަންހެނަކު ރަހީނުކޮށް، ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހާރު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ބަންދުގެ މުއްދަތު އިތުރު ކުރަން ފުލުހުންގެ ފަރާތުން ހުށަހެޅީ އޭނަގެ ޢައިރު ހާޒިރުގަ އެވެ. ނަމަވެސް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނީ 32 އަހަރުގެ ޒުވާނާގެގެ ހާލު މިހާރު ރަނގަޅު ކަމަށެވެ. ފުލުހުން ބުނީ އަތުހރު ޑޮކްޓަރަށް ދައްކައި މިހާތަނަށް ހަދާފައިވާ މެޑިކަލް ޓެސްޓުތަކާއި ސީޓީ…









