ތިން ފަނޑިޔާރަކު ސަސްޕެންޑްކޮށްފި
ސުޕްރީމް ކޯޓްގެ ތިން ފަނޑިޔާރަކު މިއަދު ސަސްޕެންޑްކޮށްފި އެވެ. އެ ކޯޓުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑްކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ހުސްނުއްސުއޫދާއި މަހާޒު އަލީ ޒާހިރުގެ އިތުރުން ޑރ. އަޒްމިރަލްދާ ޒާހިރު އެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑްކުރީ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކޮށްފި ނަމަ ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ ބާތިލު ކުރަން…