ޖަލްސާ ބޭއްވިޔަ ނުދޭން ތަޅުމުގެ ދޮރުތައް ތަޅުލައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގެ ބައެއް ވަޒީރުންނަށް ރުހުން ނުދޭން އިދިކޮޅު އެމްޑީޕީ އަދި ޑިމޮކްރެޓްސް އިން ނިންމައި ވޯޓަށް އަހަން ތާވަލު ކޮށްފައިވާ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ސަރުކާރަށް ތާއީދު ކުރާ ބައެއް މެންބަރުން މަޖިލީހުގެ ތަޅުމުގެ ދޮރުތަކުގައި ތަޅުލައިފި އެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓަށް އަހަން ތާވަލުކޮށްފައި ވަނީ މިއަދު 1:30 އަށެވެ. ނަމަވެސް އެ ގަޑިއަށް ސަރުކާރު މެންބަރުން މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތު އިންނަވާ ޗެމްބަރަށް ވަނީ އަރައިފަ…