ބަނގުރަލުގެ ވިޔަފާރި ކުރަމުންދިޔަ ދެ ބިދޭސީއަކު ހޯދައި ޑީޕޯޓުކުރަނީ
ދިވެހި ފުލުހުންގެ ޚިދުމަތުން މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ދެ ބިދޭސީއަކު ހައްޔަރުކޮށް ޑީޕޯޓުކުރުމަށް ނިންމައިފިއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޝަރިފް އުއްދީން، ބަންގްލަދޭޝް (37އ) އާއި މަނިމަރަން ރަވީޗަންދްރަން، އިންޑިއާ (24އ) ކަމަށެވެ. މިގޮތުން ބަނގުރާ ގެންގުޅެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން، މޭ 28 ވަނަ ދުވަހު ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނުގައި މާލޭ ގެއެއް ބަލައި ފާސްކުރިއިރު ބަނގުރާ ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 500 އެމްއެލްގެ…









