މަސްތުވާތަކެއްޗާއެކު މ. މުލިން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި މ.މުލިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 31 ރަބަރު ޕެކެޓާއެކު މ. މުލިން ހައްޔަރުކުރީ، ރުއްކަރަ، މ.މުލީ އުމުރުން 33 އަހަރުގެ ނައުފަލް އަޙްމަދު ކަމަށެވެ. ފުލުހުން ބުނީ، މ. މުލިން އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 4 ވަނަ ދުވަހު މުލީ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ރަށުތެރެ ޕެޓްރޯލްކުރަމުން ދިޔައިރު އޭނާގެ ޢަމަލުތައް ހުރިގޮތުން ހުއްޓުވައި، ބަލައިފާސްކުރި އިރު މަސްތުވާތަކެތިކަމަށް ބެލެވޭ ރަަރުތަކެއް ފެނުމުން ކަމަށެވެ. މިމައްސަލައާ ގުޅިގެން…









