ވިނަރެސް ފްލެޓެއްގެ ލިފްޓުގައި ތާށިވި ކުއްޖަކު ސަލާމަތްކޮށްފި
ހުޅުމާލޭ ފޭސް ދޭއް ސަރަހައްދުގައި ހުންނަ ވިނަރެސް ފްލެޓުތަކުގެ ލިފްޓެއްގައި ތާށިވި ކުއްޖަކު ސަލާމަތްކޮށްފި އެވެ. އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސް އިން މިއަދު ފޭސް ދޭއް ސަރަހައްދުގައި ހަރަކާތްތެރިވުމާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވީ ލިފްޓުގައި ކުއްޖާ ތާށިވެގެން ފަޔާ ޑިޕާޓްމެންޓުން ހަރަކާތްތެރިވި ކަމަށެވެ. އެ ކުއްޖާ މިހާރު ސަލާމަތް ކުރެވިފައިވާ ކަމަށް ވެސް އެމްއެންޑީއެފް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. މި ހާދިސާ އާ…









