މަސްވެރިންނަށް ދޭންޖެހޭ ހުރިހާ ފައިސާއެއް އަންނަ މަހު ދެނީ
މަސްވެރިންނަށް ނުދީ ހުރި ހުރިހާ ފައިސާއެއް ކުރިއަށް އޮތް މާޗް ފަސްވަނަ ދުވަހުގެ ނިޔަލަށް ދީ ނިންމާނެ ކަމުގައި ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު ޝިޔާމު މިހެން ވިދާޅުވެފައި މިވަނީ މަސް ކިރުމަށްފަހު އަނބުރާ ފައިސާ ނުދޭތާ ގިނަ ދުވަސްތަކެއް ވެފައިވާ ކަމަށް ބުނެ މަސްވެރިންގެ ބަޔަކު މިފްކޯގެ މަސް ފެކްޓަރީ ހިންގަމުންދާ ކޫއްޑޫގައި މިއަދު މުޒާހަރާކުރަމުން ދަނިކޮށެވެ. ޝިޔާމު ވިދާޅުވީ މަސްވެރިންނަށް ނުދީ ހުރި ފާއިސާގެ ތެރެއިން މިސަރުކާރަށް ވާރުތަވީ 250…