ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ދެމީހުން އިތުރު 30 ދުވަހަށް ބަންދު
ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މިދިޔަ ހަފުތާގައި ހައްޔަރުކުރި ދެ ޒުވާނުންގެ ބަންދަށް އިތުރު 30 ދުވަސް ޖަހައިފިއެވެ. މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ، ޅ. ނައިފަރު، ފަލަކް، ޢުމުރުން 27 އަހަރުގެ ޝާއިން ޢަލީ އާއި، އއ. ފެރިދޫ، އިޙްރާމްގެ، ޢުމުރުން 20 އަހަރުގެ ޢާއިޝަތު މާޝާ އަޙްމަދެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ޖެހީ 5 ދުވަހެވެ.…









