ޑިމޮކްރެޓްސްގެ އާ ރައީސަކަށް އިންތި، ނައިބު ރައީސްއަކަށް ވައްޑެ
ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ކުރީގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހޮވިއްޖެއެވެ. އެ ޕާޓީގެ ފިރިހެން ނައިބު ރައީސްގެ މަގާމަށް އިންތިޚާބުވެފައިވަނީ މުހައްމަދު ވަހީދު (ވައްޑެ)އެވެ. މި އިންތިހާބު ބޭއްވުނީ އެމްޑީޕީގެ އެތެރޭގެ ހިޔާލުތަފާތުވުންތަކެއްގެ ތެރެއިން މިދިޔަ އަހަރު އުފެއްދި ޑިމޮކްރެޓްސްގެ ފުރަތަމަ ރައީސް، މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު ހަސަން ލަތީފް އަދި ފިރިހެން ނައިބު ރައީސް މުހައްމަދު ޝިފާޒު ޕާޓީ ދޫކޮށް އަނބުރާ…