ޝަމީމަށް ދިން ހަމަލާއަކީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް: ރައީސް ސޯލިހް
ޕްރޮސެކިއުޓަރ ޖެނެރަލް، ހުސައިން ޝަމީމަށް ދިން ހަމަލާއަކީ ބަޔަކު މީހުން ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަށް ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ. ރައީސް ސޯލިހު މިއަދު އެކްސްގައި ކުރެެއްވި ޕޯސްޓެއްގައި ވަނީ، އެއީ ސިޔާސީ މަގުސަދެއްގައި ދިން ހަމަލާއެއް ކަމަަށް ވިދާޅުވެފައެވެ. އަދި، ސިޔާސީ މަގުސަދުތަކަށް ދެވޭ ހަމަލާތަކަށް ޑިމޮކްރަޓިކް މުޖުތަމައެއްގައި ޖާގަ ނޯންނާނެ ކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. ޕީޖީ ޝަމީމްއަށް މަގުމަތިން މީހަކު ދިން ހަމަލާގައި ލިބިވަޑައިގެންނެވި އަނިޔާ…