ބޯހިޔާވަހިކަމުގެ ސްކީމްގައިތަކުގައި، ދޮށީ އުމުރުގެ މީހުން ބަލަހައްޓާ ފަރާތްތަކަށް އިތުރަށް ޕޮއިންޓު ލިބޭނެ އުސޫލެއް
ސަރުކާރުން އަލަށް ފަށާ ބޯހިޔާވަހިކަމުގެ ސްކީމުތަކުގައި ދޮށީ އުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ އެމީހުން ބަލަހައްޓާ ފަރާތްތަކަށް ޕޮއިންޓު ލިބޭނެ އުސޫލުތައް އެކަށައެޅުއްވުމަށް ނިންމައިފި އެވެ. އެ ނިންމުން އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މިއީ ދޮށީ އުމުރުގެ މީހުންނާއެކު އާއިލާތަކަށް ދިރިއުޅެވޭނެ މަގުފަހި ކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. ދޮށީއުމުރުގެ މީހުންނާއެކު ދިރިއުޅޭ ނުވަތަ މައިންބަފައިން ބަލަހައްޓާ ފަރާތްތަކަށް ފްލެޓް ދިނުމުގައި ޕޮއިންޓު ލިބޭނެ އުސޫލުތަކެއް ކަނޑައެޅިގެންދާނެ…