ރަސްމީ ދަތުރެއްގައި މިނިސްޓަރު ޒަމީރު ބަހްރެއިންއަށް!
ބަހްރެއިންގެ ފޮރިން މިނިސްޓަރު ޑރ. އަބްދުއްލަތީފް ބިން ރަޝީދު އަލް ޒައާނީގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ. ފޮރިން މިނިސްޓްރީން ނެރުނު ޕްރެސް ރިލީޒެއްގައި ބުނީ އެ ދަތުރުގައި ބަހްރެއިންގެ ފޮރިން މިނިސްޓަރާއެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ޒަމީރު ކުރާނެ ކަމަށެވެ. އަދި އެ މަޝްވަރާތަކުގައި ދެ ގައުމުގެ ދެމެދުގައި އޮތް ދިގު މުއްދަތުގެ ގުޅުން މުރާޖާކޮށް ދެ ފަރާތަށް މުހިއްމު ދާއިރާތަކުގައި އިތުރަށް އެއްބާރުލުން ދެވިދާނެ…