އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް 2025 ތަޢާރަފުކޮށްފި
ފައިނޭންޝަލް ލިޓަރަސީ އަދި އިސްލާމީ ފައިނޭންސް އާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އެމްއެމްއޭއިން ތަމްވީލް ފިންލިޓް ފެސްޓް 2025 ތަޢާރަފުކޮށްފިއެވެ. މިއީ ރާއްޖޭގައި ފައިނޭންޝަލް ލިޓަރަސީ، ޒިންމާދާރު ގޮތެއްގައި ފައިސާ މެނޭޖްކުރުން، އަދި އިސްލާމިކް ފައިނޭންސްއާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ. މި ފެސްޓިވަލްގެ މަޤްޞަދަކީ ދަރިވަރުންނާއި، ޒުވާނުންނާއި، އަދި މުޅި މުޖުތަމަޢު ބައިވެރިވުން ހިމެނޭގޮތަށް އިސްލާމީ ފައިނޭންސަށް ފަރިތަ މުޖުތަމަޢެއް ބިނާކުރުމެވެ. އެމްއެމްއޭ ތަމްވީލް ފިންލިޓް ފެސްޓިވަލް އިފްތިތާހުކޮށްދެއްވީ އެކަމަށް ޚާއްސަކޮށްގެން ބޭއްވި ހަފްލާއެއްގައި މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.…









