ބަނޑޭރިކޮށިން ފެނުނު ހަށިގަނޑު ޕޯސްޓްމޯޓަމަށް އިންޑިއާއަށް ގެންދަނީ
މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ މަރުގެ ސަބަބު ދެނެގަތުމަށް ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ގެންދަން ތައްޔާރުވެއްޖެ އެވެ. ފުލުހުންނަށް ލިބުނު މައުލޫމާތަކަށް ގުޅިގެން ބަނޑޭރިކޮށީގެ އެޕާޓްމަންޓެއް ބަލައި ފާސްކުރި އިރު މަރުވެފައި އޮތް މީހަކު ފެނިފައިވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގަ އެވެ. އޭނާގެ އޮޓޯޕްސީ ހަދަން ނިންމިއިރު, ފުލުހުން މިއަދު ބުނީ އެކަމަށް ހަށިގަނޑު ފޮނުވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި އޭނާގެ އޮޓޯޕްސީ ހަދަން…