ސްޓެލްކޯއިން މިހާތަނަށް 30,000 އަށްވުރެ ގިނަ ގަސް އިންދައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވައިދެއްވި "5 އަހަރުން 5 މިލިއަން ގަސް" ޕްރޮގްރާމުގެ ދަށުން މިހާތަނަށް 30,371 ގަސް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން އިންދައިފިއެވެ. މި ޕްރޮގްރާމުގެ ތެރެއިން ސްޓެލްކޯއިން އަމާޒު ހިފާފައިވަނީ 5 އަހަރު ތެރޭގައި 5 ލައްކަ ގަސް އިންދުމަށެވެ. ސްޓެލްކޯއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި: – ޖޫން 5 ވަނަ ދުވަހު ކ. ތުލުސްދޫ އަދި ސްޓެލްކޯއިން ޚިދުމަތްދޭ އެހެން ރަށްރަށުގައި ޖުމުލަ 21,007 ގަސް އިންދާފައިވެއެވެ.…









