ނައިފަރުގައި އާބަން ސެންޓަރެއް ގާއިމުކޮށްދޭނަން: ރައީސް
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ސަރުކާރުން ތަރައްގީކުރުމަށް ހަމަޖެހިފައިވާ އާބަން ސެންޓަރުގެ ތެރެއިން އެއް އާބަން ސެންޓަރު ޅ. ނައިފަރުގައި ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ނައިފަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓިނިވި ތަރައްޤީ ހާޞިލްވާގޮތަކަށް ކަންކަން ކުރުންކަމުގައެވެ. އެގޮތުން މި ސަރުކާރުގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް 7 އާބަން ސެންޓަރު ޤާއިމުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ…