ރަސްމީ ދަތުރެއްގައި ހަލީލު އިންޑިއާ އަށް
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު މިރޭ އިންޑިއާ އަށް ވަޑައިގެންފި އެވެ. މިއީ މަގާމާއި ހަވާލުވެވަޑައިގެންނެވި ފަހުން ހަލީލު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރާއި ގުޅޭ އިތުރު މައުލޫމާތެއް ފޮރިން މިނިސްޓްރީން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އިންޑިއާގެ ނޫސްތައް ބުނާގޮތުން ދެ ދުވަހުގެ މުއްދަތަށް ހަލީލު އިންޑިއާ އަށް ކުރައްވާ ދަތުރުގައި، އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރާއި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.…









