ސައުދީ ފަންޑުގެ ސީއީއޯ ރައީސާއި ބައްދަލުކުރައްވައިފި
ސައުދީ ފަންޑް ފޯ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސާ ސުލްތާން ބިން އަބްދުއްރަހްމާން އަލް މަރްޝަދު، ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. އެ ބައްދަލުކުރެއްވުން ކުރިއަށް ދިޔައީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. ރައީސް އޮފީހުން ބުނީ އެ ބައްދަލުކުރެއްވުމުގައި، ސައުދީ ފަންޑުގެ ފަރާތުން ރާއްޖޭގެ ކުރިއެރުމަށާއި ތަރައްގީއަށްޓަކައި ދެމުންގެންދަވާ އެހީތެރިކަމާއި އެއްބާރުލުމަށްޓަކައި ރައީސް ޝުކުރު އަދާކުރެއްވި ކަމަށެވެ. އަދި މިފަހުން ރައީސް، އަދި އެ މަނިކުފާނާއެކު އުމްރާގެ އަޅުކަމަށް ސައޫދީ…