ގީލާ، ސަފީރުކަމުގެ ފަތްކޮޅު ބެލްޖިއަމްގެ ރަސްގެފާނަށް އަރުވައިފި
ދިވެހި ރާއްޖެއިން ބެލްޖިއަަމްއަށް ކަނޑައެޅުއްވި އާ ސަފީރު ގީލާ އަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި އެވެ. ގީލާ އަލީ، ބެލްޖިއަމްގެ ރަސްގެފާނު ފިލީޕޭއަށް ސަފީރުކަމުގެ ފަތްކޮޅު ހަވާލުކުރެއްވީ މިއަަދު ހެނދުނު މިކަމަށްޓަކައި ޝާހީ ގަނޑުވަރުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފަތްކޮޅާއި ހަވާލުވެވަޑައިގަތުމަށްފަހު ރަސްގެފާނު ފިލީޕޭ ވަނީ ސަފީރު ގީލާއަށް މަރުހަބާ ވިދާޅުވެ، ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމާ ހަވާލުވެވަޑައިގަތުމުން މަރުހަބާ ވިދާޅުވެފަ އެވެ. ސަފީރު ގީލާ ވަނީ އެކަމަނާއަށް ދެއްވި ހޫނު މަރުހަބާއަށް ޝުކުރު…








