މަޖިލިސް އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދަން އިއުލާނުކޮށްފި
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށްއިއުލާނުކޮށްފިއެވެ. އިލެކްޝަންސް ކޮމިޝަނުން ބުނީ، 2024 މާރިޗު 17 ވާ އާދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގެ އޮފިޝަލުންގެ ގޮތުގައި ޙަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެ ކޮމިޝަނުގެލިންކްމެދުވެރިކޮށް ހުށަހެޅުމަށް އެދޭކަމަށެވެ. ކޮމިޝަނުން ވަނީޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުގައި ސަމާލުކަން ދޭންވީ ކަންތައްތައްތަކުގެ މައްޗަށްވެސް އަލިއަޅުވާލާފައެވެ. އެގޮތުން ޕޯޓަލްއަށް ލޮގިން ކުރެވޭނީ ވެރިފައިޑް އީ-ފާސް އެކައުންޓެއް މެދުވެރިކޮށް ކަމަށާއި، އީ-ފާސް މެދުވެރިކޮށް…