ސިޔާސީ މަގާމުތަކަށް ޚަރަދުކުރެވޭ މިންވަރު ގާނޫނުގައި ކަނޑައަޅަނީ
ސިޔާސީ މަގާމުތަކަށް ދައުލަތުގެ ބަޖެޓުން ޚަރަދުކުރެވޭ މިންވަރު ގާނޫނެއްގައި ބަޔާންކުރުމަށް ސަރުކާރުން ނިންމައިފިކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މަނިކުފާނު ވިދާޅުވީ ސިޔާސީ މަގާމުތަކާ ގުޅޭ އިތުރު އިސްލާހުތަކެއް ވެސް ގެނެވޭނެ ކަމަށެވެ. އެގޮތުން މަގާމުތަކަށް ޚަރަދުކުރެވޭނީ އެންމެ ގިނަވެގެން ކިހާ މިންވަރެއްކަން ގާނޫނުގައި ބަޔާންކުރުމާއި، އައްޔަންކުރެވޭނެ ސިޔާސީ މަގާމުތަކުގެ އަދަދު މަޖިލީހުން ކަނޑައެޅުމާއި، ސިޔާސީ މަގާމުތަކުގައި ތިބޭ ފަރާތްތަކުގެ ތަފުސީލު މަޖިލީހާ ހިއްސާކުރަން ޖެހޭ ގޮތަށް…









