ރައްކާތެރިކަމާއެކު މަގު ހުރަސް ކުރުމަށް އާއްމުން ހޭލުންތެރިކޮށްފި
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އާންމު ރައްޔިތުން ހޭލުންތެރިކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ރައްކާތެރިކަމާއެކު މަގު ހުރަސްކުރުމަށް އާންމު ރައްޔިތުންނަށް ހަނދާން ކޮށްދިނުމުގެ ގޮތުން މާލެ ސަރަހައްދުގައި ހަރަކާތެއް ފަށައިފިއެވެ. މި ހަރަކާތް މާލޭގައި ފައްޓަވައި ދެއްވީ މާލެ ޕޮލިސް ކޮމާންޑުގެ ހެޑް އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ އާއި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝްއެވެ. މީގެ އިތުރުން ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް…









