ކަނޑުގެ ވަސީލަތްތަކާ ގުޅޭ 20 އަހަރުގެ މާސްޓަޕްލޭނެއް!
ރާއްޖޭގެ ކަނޑުގެ ވަސީލަތްތަކާ ގުޅޭ ގޮތުން 20 އަހަރުގެ މާސްޓަޕްލޭން ހެދުމުގެ މަސައްކަތް ފިޝަރީޒް މިނިސްޓްރީން ފަށައިފި އެވެ. އެ މިނިސްޓްރީން ބުނީ މިއީ ރާއްޖޭގެ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމާއި ތަރައްގީ ކުރުމަށްޓަކައި، 2025-2045 އަށް ހާއްސަކޮށްގެން އެކުލަވާލާ މާސްޓަޕްލޭންތަކެއް ކަމަށެވެ. މި މަސައްކަތުގެ ފުރަތަމަ ބަޔެއްގެ ގޮތުން، މާސްޓަޕްލޭނާ ގުޅޭ ގޮތުން މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ވެސް އިއްޔެ ވަނީ ބާއްވާފައެވެ. އެ ބައްދަލުވުމުގައި ކަމާބެހޭ މިނިސްޓްރީތަކާއި ސަރުކާރުގެ އިދާރާތަކާއި، އަމިއްލަ…









